Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މާލެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އަދިވެސް އޭނަގެ ބަޔާން ނުނެގޭ ކަމަށް ފުލުހުން ބުނެފި އެވެ.

އޭޕްރީލް 18 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ބަޔާން ނަގަން ޔުމްނު އާއި އޭނަގެ އާއިލާ އިން ވެސް އެއްބާރުލުން ނުލިބޭ ކަމަށް ކުރިން ވެސް ބުނެފައިވެ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތް ވެސް ނިންމައި ރިޕޯޓް ނެރެފައި ވަނީ ޔުމްނުގެ ބަޔާނާ ނުލަ އެވެ. އެ ކޮމިޝަނަށް ވެސް ބަޔާން ނަގަން އެއްބާރުލުން ނުލިބޭ ކަމަށް އޭގައި ބުނެފައިވެ އެވެ.

ރިޕޯތް އެކުލަވާލައި، އެ ރިޕޯތް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުުން އެ އާންމުކުރައްވައި، ކޮމިޝަން ވަނީ އުވާލައިފަ އެވެ.

ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައިވެސް ވެއެވެ. އަދި ފުލުހުންވެސް އެކަން މީގެކުރިން ފާހަގަކޮށްފައި ވެއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ލިބުނ އަނިޔާތަކަށް މެލޭޝިއާ އަށް ގެންގޮސް ފަރުވާ ދީފައިވާ އިރު، އެ ގައުމުގެ ފުލުހުންނާ ގުޅިގެން ބަޔާން ނެގޭތޯ ދިވެހި ފުލުހުން މަސައްކަތްކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.