Last Updated: June 7, 10:21
Sunday, June 7, 2026
ޚަބަރު

ވިިޒިޓާ ސާވޭ އަށް ބަޔަކު ހޯދަނީ

ވިޒިޓާ ސާވޭގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި ސާވޭ އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އުފެއްދުންތަކާ މެދު ޓޫރިސްޓުން ދެކޭ ގޮތާއި އެ މީހުންގެ ތަޖުރިބާތައް އެއްކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ސާވޭއެއް ކަމަށެވެ.

އެހެންވެ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ބީލަން ހުޅުވާނީ އެ ދުވަހުގެ ހެނދުނު 11:05 ގައި މިނިސްޓްރީގައި ކަމަށެވެ.

މި ބީލަމާ ގުޅޭ ޓާމްސް އޮފް ރެފަރެންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މިކަމާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން މި މެއިލް [email protected] މެދުވެރިކޮށް ސާފު ކުރުމަށް މިނިސްޓްރީން އެދެ އެވެ.