ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ގިނަވެ، އެ ޕާޓީ އޮތީ ކޯޅުމެއްގެ ތެރޭގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލިސްޓަކަށް އެޗްްޑީސީގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފައިވާތީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޕޯސްޓެއްގެ ރައްދުގައި ޝިޔާމު ވިދާޅުވީ ޝާހިދު އުޅުއްވަނީ އަމިއްލަ ޕާޓީގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުން ގިނަވެ އިންތިހާ އަށް ކޯޅުން ގިނަވީމަ ދައްކަވާނެ ވާހަކައެއް ނެތިގެން އުޅުއްވާ ކަހަލަ ގޮތަކަށް ކަމަށެވެ.
އޭނަ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ތިންހަތް ދުވަހޭ ކިޔަސް ވޭތުވެ ދިޔަ ސަރުކާރުގައި ދިވެހި ގައުމާއި ރައްޔިތުންނާ ދޭތެރޭ ކަން ކުރި ގޮތް ރައްޔިތުން އަދި ހަނދާން ނުނެތޭ ކަމަށެވެ.
އެމް.ޑީ.ޕީ ތެރޭގައި ތިން ހަތްދުވަހޭ ކިޔަސް ވޭތުވެދިޔަ ސަރުކާރުގައި ދިވެހިޤައުމާ ޚާއްޞަކޮށް ދިވެހިރައްޔިތުންނާ ދޭތެރޭ ކަންކުރިގޮތް ރައްޔިތުން އަދި ހަނދާންނުނެތޭނެ. ވެެރިކަން ފެށިގޮތަށް މާލެއާ ރަށްރަށުގައި ފެނަކަފަދަ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަކުދިންނެއް… pic.twitter.com/8xoXgadALq
— Ahmed Shiyam (@Shiyamaldives) August 6, 2025
"ވެެރިކަން ފެށި ގޮތަށް މާލެ އށއި ރަށްރަށުގައި ފެނަކަ ފަދަ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް ސަތޭކަ ކުދިންނެއް ޕާޓީގެ އެކްޓިވިސްޓުންގެ އެދުމަށް ވަޒީފާތަކުން ވަކިކޮށް އަދި އޮފީސްތަކުގައި ދާއިމީ ޒިންމާދާރު ވަޒީފާތަކުގައި ތިބި ފަރާތްތައް ޒިންމާތަކުން އެކަހެރިކޮށް އެވީ އަނިޔާ އަކީ ދުވަހަކު ވެސް އެއާއިލާތަކުން ހަނދާން ނެތޭނެ ކަންކަމެއް ނޫން،" ޝިޔާމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ތާއީދުކުރާ ސިޔާސީ ފިކުރަކުން އެއްވެސް މުއައްޒަފަކު ވަޒީފާއިން މިހާރުގެ ރައީސް ޑރ.. މުހައްމަދު ވަކި ނުކުރައްވާނެ ކަމަށެވެ.
"އަދި އެކަން ސާބިތުކޮށް ދެއްވަމުން އެ ގެންދަވަނީ." ޝިޔާމު ވިދާޅުވި އެވެ.