Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ގެއްލިގެން ހޯދި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކުޅުދުއްފުށިން މިއަދު ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ފަތިހު 5:00 ހާއިރު ގެއިން ނުކުމެެގެން ދުވަން ފަހުން ގެއްލިގެން ހޯދަން ފެށީ އެ ރަށު ޖިފުޑި، 67 އަހަރުގެ ހަސަން މޫސާ ކަމަށެވެ. އެ މީހާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ ހެނދުނު 10:30ހާއިރު އެވެ.

ފުލުހުން ބުނީ ހަސަން ހޯދަމުން ދަނިކޮށް، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާޚާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.