Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

'ހޮލިޑޭ ހޯމް' ހަދަން ސްކީމެއް ތައާރަފުކޮށްފި

'ހޮލިޑޭ ހޯމް" ހަދަން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، 'ހޮލިޑޭ ހޯމް ފައިނޭންސިން' ގެ ދަށުން އެ މީހަކު ދިރިއުޅޭ ގޭގެ އިތުރަށް ޗުއްޓީ ހޭދަކުރަން ޚާއްސަ ގެއެއް ބިނާކޮށް، އެ ގެ ކުއްޔަށް ވެސް ދެވޭނެ ކަމަށެވެ.

މި ފެސިލިޓީ އަޑށް އަމިއްލަ ގޮތުން ނުވަތަ އިތުރު ބަޔަކާ ގުޅިގެން 'ޖޮއިންޓް އެޕްލިކޭޝަން' ވެސް ހުށަހެޅޭނެ އެވެ. ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 12.25 ޕަސެންޓެވެ. އިސާ އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

މި ފައިނޭންސް ފެސިލިޓީ ހޯދަން ރަހުނުގެ ގޮތުގައި، ކުއްޔަށް ނަގައިފައިވާ ބިން ނުވަތަ އެހެން ބިމެއް ވެސް ރަހުނު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެހީ ލިބުމުގެ ޝަރުތުތަކުގެ ތެރެއިން އެ މީހަކަށް ލިބޭ އާމްދަނީގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކަކީ މުސާރަ އާއި ކުލިން ލިބޭ އާމްދަނީ އާއި ވިޔަފާރިން ލިބޭ އާމްދަނީ އެވެ.