Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ޔުމްނު މައްސަލާގައި ސުވާލުކުރަން އިހުސާން މަޖިލީހަށް

މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ އޭޕްރިލް މަހު މާލޭގެ ގެެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވީ، ޔުމްނު ވެއްޓުނު މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަމުންދޭތޯ އާއި އެ ތަހުގީގުގެ އަދާހަމައާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.

މީގެއިތުރުން ޔުމްނު ވެއްޓުނު މައްސަލަ ތަހުގީހުގައި ފުލުހުންގެ އިހުމާލުތައް ހުރި ކަމަށް ފާހަގަ ކޮށްފައިވާތީ އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރަން ވެސް ކުޑޫ ހުށަހަޅުއްވާފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ. އެ ރިޕޯޓުގައި ވަނީ ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ ކަމަށާއި ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ.

ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ހޯމް މިނިސްޓްރީ އާއި، ޞިއްޙީ ވުޒާރާއަށް، ރައީސް ވަނީ އަންގަވާފަ އެވެ.