ކީރިތި ޤުރްއާނާއި ސުންނަތުގައި، (سورة مريم، سورة محمد) އަދި އެހެން އެއްވެސް ސޫރަތެއް، ބަލިވެއިންނާ އަންހެނާ ވިހެއުން ފަސޭހަކޮށް ދިނުމުގައި ޚާއްޞަ މާތްކަމެއް ވާކަމަށް ދަލީލުކުރާ އެއްވެސް ދަލީލެއް ނެތެވެ. އެހެނަސް، މިއީ ބައެއް ޢިލްމުވެރިން އިޖްތިހާދު ކުރައްވާފައިވާ ކަމެކެވެ.
އެބޭފުޅުން މި ގޮތަށް އިޖްތިހާދު ކުރައްވާފައި ވަނީ ރުޤްޔާގެ ދާއިރާގައި ތަޖުރިބާއިން ދަލީލު ހޯދުމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުންނެވެ. އަހަރެމެން މި އިޖްތިހާދު އެ ބޭފުޅުންގެ ކިބައިން ނަޤުލުކޮށްފައިވާނީ އަހަރެމެންގެ ކުރީގެ ބައެއް ޖަވާބުތަކުގަ އެވެ. އަދި މި އިޖްތިހާދުގައި އެބޭފުޅުންނަށް ތަބަޢަވާ މީހުންނަށް އެކަމުގައި މައްސަލައެއް ނެތެވެ.
ابن القيم رحمه الله ވިދާޅުވެފައިވެއެވެ. (كتاب لعسر الولادة) މިފޮތުގައި އަލްޚައްލާލު ވިދާޅުވިއެވެ، އަބްދުﷲ ބިން އަޙްމަދު އަހަރެންނަށް ވިދާޅުވިއެވެ. އަހަރެންގެ ބައްޕަ އަންހެނަކަށް ވިހެއުން އުނދަގޫވެއްޖެނަމަ، ހުދު ތަށްޓެއްގައި ނުވަތަ ސާފު އެއްޗެއްގައި ލިޔުއްވަނިކޮށް ދުށީއެވެ. އެކަލޭގެފާނު ލިޔުއްވަނީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ:" لا إله إلا الله الحليم الكريم ، سبحان الله رب العرش العظيم ، الحمد لله رب العالمين ، (كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ) (الأحقاف/35) (كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا) (النازعات/46 ). ޚައްލާލު ވިދާޅުވިއެވެ. "އަބޫ ބަކުރު އަލްމަރްވަޒީ އަޅުގަނޑުމެންނަށް ކިޔައިދެއްވިއެވެ. އަބޫ ޢަބްދުﷲ ގެ އަރިހަށް މީހަކު އައިސް ބުނެފިއެވެ: އޭ އަބޫ ޢަބްދުﷲ އެވެ! ދެ ދުވަސް ވަންދެން ވިހެއުމުގެ ވޭންވަރުގައި އުނދަގޫވެފައިވާ އަންހެނަކަށް ތިބާ ލިޔެދެއްވަންތޯއެވެ؟ އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާއަށް ބުނާށެވެ. ފުޅާ ތަށްޓަކާއި ޒަޢުފަރާނު ގެންނާށެވެ. އެކަލޭގެފާނު އެކަކަށްވުރެ ގިނަ މީހުންނަށް ލިޔެ ދެއްވަނިކޮށް ތިމަން ދުށީމެވެ. އަދި އިކްރިމާ، އިބްނު ޢައްބާސްގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއް ބަޔާންކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ޢީސާގެފާނު ގެރިއެއްގެ ކައިރިން ވަޑައިގަތެވެ. އޭގެ ބަނޑުގައި އޮތް ދަރިފުޅު ހުރަސްވެފައި ވަނިކޮށެވެ. އެ ގެރި ދެންނެވިއެވެ: އޭ ﷲގެ ކަލިމާފުޅެވެ! އަޅުގަނޑު މިވާ ޙާލަތުން ސަލާމަތްކޮށްދެއްވުމަށް އަޅުގަނޑަށްޓަކައި ﷲ އަށް ދުޢާކޮށްދެއްވާށެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ: އޭ ފުރާނައިން ފުރާނަ އުފައްދަވާ ރަސްކަލާނކޮ! އަދި އޭ ފުރާނައިން ފުރާނަ ސަލާމަތްކުރައްވާ ރަސްކަލާނކޮ! އަދި އޭ ފުރާނައިން ފުރާނަ ނެރުއްވާ ރަސްކަލާނކޮ! އޭނާ ސަލާމަތްކުރައްވާނދޭވެ. އިބްނު ޢައްބާސް ވިދާޅުވިއެވެ: ދެން އެ ގެރި އޭގެ ދަރިފުޅު ވިހައިފިއެވެ. އަދި އެހިނދު އެ ގެރި ތެދުވެ އޭގެ ދަރިފުޅުގެ ވަސްބަލައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ އަންހެނަކަށް ވިހެއުން އުނދަގޫވެއްޖެނަމަ، އެ ދުޢާ އޭނާއަށް ލިޔެދޭށެވެ. އަދި ކުރިން ބަޔާންކުރެވުނު ހުރިހާ ރުޤްޔާއެއް ލިޔުމަކީ ފައިދާހުރި ކަމެކެވެ. ނިމުނީއެވެ. "زاد المعاد" (4/326)
ޝައިޚް އިބްނު ޢުޘައިމީން رحمه الله އަރިހުން ސުވާލު ކުރެވުނެވެ. އަންހެނުންނަށް ވިހެއުން ފަސޭހަކުރުމަށްޓަކައި ކިޔޭނެ ޚާއްޞަ އާޔަތްތަކެއްވޭތޯއެ ވެ؟ އެ ސުވަލުގެ ޖަވާބުގައި ވިދަޅުވިއެވެ. "އެކަމާ ގުޅޭގޮތުން ސުންނަތުން އެއްވެސް އެއްޗެއް އަހުރެންނަކަށް ނޭނގެއެވެ. އެހެނަސް، ވިހެއުމުގެ ވޭން ފެށިފައިވާ މާބަނޑު އަންހެނާގެ މައްޗަށް، ފަސޭހަކަމަށް އިޝާރާތްކުރާ އާޔަތްތައް މީހަކު ކިޔަވައިފިނަމަ، މިސާލަކަށް (يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ) "އަދި އެކަލާނގެ ވަޙީ ކުރައްވައިފައިވަނީ ޙަމްލު (މާބަނޑުވުން) އާއި ވިހެއުމާ ބެހޭގޮތުންނެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން (وَمَا تَحْمِلُ مِنْ أُنْثَى وَلا تَضَعُ إِلَّا بِعِلْمِه) (إِذَا زُلْزِلَتِ الأَرْضُ زِلْزَالَهَا . وَأَخْرَجَتِ الأَرْضُ أَثْقَالَهَا) "ފަހެ، ހަމަކަށަވަރުން މިއީ ﷲ ގެ އިޒުނަފުޅާއެކު މަންފާކުރަނިވި އަދި ތަޖުރިބާކުރެވިފައިވާ ކަމެކެވެ. އަދި ޤުރްއާނަކީ މުޅިން ޝިފާއެކެވެ. ކިޔަވާ މީހާ އަދި އެމީހެއްގެ މައްޗަށް ކިޔެވޭ މީހާ އޭގެ އަސަރާއި ނުފޫޒަށް އީމާންވެފައިވާ ނަމަ، ހަމަކަށަވަރުން އޭގެ އަސަރު ކުރާނެކަން ޔަޤީނެވެ. އެހެނީ ހަމަކަށަވަރުން މާތް ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ:" (وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلا يَزِيدُ الظَّالِمِينَ إِلاَّ خَسَاراً) "އަދި މި އާޔަތަކީ ޢާންމު އާޔަތެކެވެ. ޝިފާއާއި ރަޙްމަތެވެ. މިއީ ހިތްތަކަށް ޝުބުހާތުގެ ބަލިތަކުންނާއި، ނަފްސާނީ އެދުންތަކުގެ ބަލިތަކުން ޝިފާ ލިބުމާއި، އަދި ހަށިގަނޑަށް ދަތި އުނދަގޫ ބަލިތަކުން ޝިފާ ލިބުން ހިމެނެއެވެ." "فتاوى نور على الدرب"شريط رقم(257)
ޝައިޚް ޞާލިޙް އަލްފައުޒާން އާ ސުވާލު ކުރެވުނެވެ. ވިހެއުމަށް ކައިރިވެފައިވާ މީހަކު (ނުވަވަނަ މަހުގައިވާ މީހަކު) ކޮންމެ ރެއަކު މަރްޔަމް ސޫރަތާއި، އިންޝިޤާޤް ސޫރަތާއި، ޒަލްޒަލާ ސޫރަތް ކިޔެވުމުން ﷲގެ އިޒުނަފުޅާ އެކު ވިހެއުން ފަސޭހަވެ، ލުއިވެގެންދޭތޯ؟ ޖަވާބުގައި ވިދާޅުވި އެވެ.
"މިކަމުގެ އަޞްލެއް އަހަރެންނަކަށް ނޭނގެ އެވެ. މި ސޫރަތްތައް ކިޔެވުމުން ވިހާ މީހާ އަށް ޚާއްޞަ ފަސޭހައެއް ލިބޭ ކަމެއް އަހަރެންނަކަށް ނޭނގެ އެވެ. މިކަމުގެ އަޞްލެއް އަހަރެންނަކަށް ނޭނގެ އެވެ. އެހެން ނަމަވެސް، ބައެއް ޞަޙާބީންގެ ކިބައިން ނުވަތަ ބައެއް ޢިލްމުވެރިންގެ ކިބައިން މިކަމާ ގުޅޭ އަޘަރުތަކެއް އައިސްފައިވާ ނަމަ އެއީ އެހެން ވާހަކައެކެވެ. އެކަމަކު ރަސޫލާ ﷺ ގެ ކިބައިން މިކަމާ ގުޅޭ ދަލީލެއް އަހަރެންނަކަށް ނޭނގެ އެވެ."
ނޯޓް: މިއީ ޝެއިހް މޫސާ އަންވަރު ހަސަންގެ ލިޔުވުއްމެކެވެ.