Last Updated: August 8, 10:55
Friday, August 8, 2025
ޚަބަރު

ހިތަދޫގައި ދާރުލްއާސާރީއެއް ހަދަނީ

ހިތަދޫގައި ކުރިން އައްޑޫ މާލިއްޔާ ހިންގި އިމާރާތް. ފޮޓޯ/ އިބްރާހީމް ފިރާގް

އައްޑޫ ހިތަދޫގައި ދާރުލްއާސާރީއެއް ހަދަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފި އެެވެ.

އެތަނުން ބުނީ ދާރުލްއާސާރު ހަދަން ނިންމާފައި ކުރީގެ 'ފިޓް އެރޯ" ރެސްޓޯރަންޓް ގޯޅިގަނޑުގެ ތެރޭގައި ހުންނަ އައްޑޫގެ ކުރީގެ މާލިއްޔާ ހިންގި އިމާރާތުގައި ކަމަށެވެ. އެހެންވެ އެތަނުގައި ދާރުލްއާސާރެއް ހެދުމަށްޓަކައި އެ އިމާރާތް މަރާމާތުކޮށް ދޭނެ ބަޔަކު ހޯދަން މިހާރު ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 އާ ހަމައަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 13 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަމްބަރާއި މެއިލް އެޑްރެސް މި މެއިލް tender@adducity.gov.mv އަށް ފޮނުވައިގެންނެވެ.

މި ބީލަމާ ގުޅޭ މައުލޫމާތު ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.