Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މީދޫގައި ޑައިވް ސެންޓަރެއް ހުޅުވައިފި

އައްޑޫ މީދޫގައި 'މީދޫ ސްކޫބާ ކްލަބް' ގެ ނަމުގައި ޑައިވް ސެންޓަރެއް ހުޅުވައިފި އެވެ.

މިއީ މީދޫ ކައިރީގައި އޮންނަ ސައުތު ޕާމް ރިސޯޓްގައި ވެސް ޑައިވް ސެންޓަރެއް ހިންގަމުން އަންނަ ސަދަން މޯލްޑިވްސް ޑައިވާސްގެ ފަރާތުން ހުޅުވި ތަނެކެވެ. އެތަނުން މީދޫގައި ޑައިވް ސެންޓަރެއް ހުޅުވުމަކީ އެ މީހުންގެ ހިދުމަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

'މީދޫ ސްކޫބާ ކްލަބް" ޑައިވިން އާއި ސްނޯކްލިން އަށް ގެންދިއުމުގެ އިތުރުން އެކްސްކާޝަންގެ ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ސަދަން މޯލްޑިވްސް ޑައިވާސް އިން ބުންޏެވެ.

ސަދަން މޯލްޑިވްސް ޑައިވާސް އަކީ ސްކޫބާ ސްކޫލްސް އިންޓަނޭޝަނަލް (އެސްއެސްއައި) ސެޓްފިކެޓް ވެސް ހާސިލުކޮށްފައިވާ ޑައިވް ސެންޓަރެކެވެ.

'މީދޫ ސްކޫބާ ކްލަބް' އިން މިހާރު ވަނީ ބުކިން ވެސް އަށް ވެސް ހުޅުވާލައިފަ އެވެ. ގުޅޭނެ ނަމްބަރަކީ 7933088 އެވެ