Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އޮޓޮޕްސީ ހަދަން މޫސަގެ ހަށިގަނޑު ފޮނުވައިފި

މިދިޔަ މަހުގެ ތެރޭގައި ލ. މާވަށުގައި ކަރަށް ވަޅި ހަރައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާ ފޮނުވައިފި އެވެ.

އޮޓޮޕްސީ ހަދަން ހަށިގަނޑު އިއްޔެ ފޮނުވާފައި މި ވަނީ އޭނަ މަރާލިތާ ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ފަހުންނެވެ. މޫސަ، 29، މަރާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

މޫސާ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.