Last Updated: June 7, 10:21
Sunday, June 7, 2026
ޚަބަރު

ގައުމީ ފުޓްސަލް ޓީމަށް ކޯޗެއް ހޯދަނީ

ގައުމީ ފުޓްސަލް ޓީމެއް ކޯޗެއް ހޯދަން އިއުލާންކޮށްފި އެވެ.

އެފްއޭއެމުން ބުނީ ޓީމްގެ ހެޑް ކޯޗްގެ މަގާމަށް ކުރިމަތިލާ ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 11 އާ ހަމައަށް ހުޅުވާލައިފަ އެވެ. ގައުމީ ފުޓްސަލް ޓީމްގެ ކޯޗްގެ މަގާމަށް ކުރިމަތިލާ މީހުންގެ މައިގަނޑު ޝަރުތަކީ އެންމެ ދަށްވެގެން އޭއެފްސީ ފުޓްސަލް ލެވެލް 2 ގެ ކޯޗިން ކޯހެއް ފުރިހަމަކޮށްފައިވުމެވެ.

އެފްއޭއުމުން ބުނީ މިއީ ފުލް ޓައިމް ވަޒީފާއެއް ކަމަށާއި މުސާރަ ކަނޑައަޅާނީ ފެންވަރާއި ތަޖުރިބާ އަށް ބިނާކޮށް ކަމަށެވެ.