Last Updated: August 9, 10:53
Saturday, August 9, 2025
ޚަބަރު

އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރަށް ފަސްކޮށްފި

ކުރިން މި މަހުގެ ތެރޭގައި ބާއްވަން ނިންމާފައި އޮތް އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އަންނަ އަހަރަށް ފާސްކޮށްފި އެވެ.

އެންމެ ބޮޑު އީދިކޮޅު ޕާޓީގެ ކޮންގްރެސް ކުރިން މި މަހުގެ 15 ކުރިން ބާއްވަން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެމްޑީޕީން ބުނީ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރޭގައި ބާއްވަން މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

މި ކޮންގްރެސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމެއްގެ ގޮތުގައި ހިމެނެނީ އެމްޑީޕީގެ އެންމެ އިސް ދެ މަގާމު ކަމަށްވާ ޕާޓީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެެއްކޮށްލުމަށް ހުށަހެޅުމެވެ.

އެކަމާ ގުޅޭ ގޮތުން މިހާރު އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނެވި ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ދެ މަގާމު އެއްކޮށްލުމަށް ފަހު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަ މީހަކަށް، އެ މަގާމުގެ ދައުރުގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.