Last Updated: August 9, 10:53
Saturday, August 9, 2025
ޚަބަރު

ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީއެެއް ތައާރަފުކޮށްފި

ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ (ޖޭއެފްއެފް) ރާއްޖޭގައި ތައާރަފުކޮށްފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނީ މިއީ އެ އިދާރާ އާއި ޔޫއެންޑީޕީ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގަން މަގުފަހިކުރުމަށް ތައާރަފުކުރި ފެސިލިޓީއެއް ކަމަށެވެ.

އެގޮތުން ިނގިރޭސިވިލާތު ސަރުކާރުގެ އެހީގައި ތައާރަފުކުރި ފެސިލިޓީ ފަރުމާކޮށްފައި ވަނީ، މަސްވެރިކަމާއި ޓޫރިޒަމާއި ކަނޑުފަޅުގެ ވިޔަފާރި އާއި ޚިދުމަތްތަކުގެ ތެރެއިން 'ވެލިއު އެޑެޑް އެންޑް ސަސްޓެެއިނަބިލިޓީ އޮރިއެންޓެޑް' ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭނެ ގޮތަށެވެ.

މި ފެސިލިޓީ އަށް ބޭންކުތަކާއި ޕްރިންސިޕަލް އެޑްވައިޒަރުންނާއި މާލީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް، އެފަދަ ކުންފުނިތަކުގެ ޚަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަށަވަރުކޮށް ދީގެން ހެޔޮ އަގުތަކެއްގައި ވިޔަފާރިތަކަށް ފަންޑު ފޯރުކޮށް ދިނުމަށް ފެސިލިޓީން މަގުފަހިކޮށް ދޭނެ ކަމަށް ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެތަނުން ބުނީ ރާއްޖެ އަސް ޖޭއެފްއެފް ތައާރަ ފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ވެސް ކަމަށެވެ.

އެގޮތުން ބޭންކިން އާއި ކެޕިޓަލް މާކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި އިންވެސްޓުމަންޓުތައް މެދުވެރިކޮށް 'ބްލޫ އެންޑް އިންކްލޫސިވް' އިގުތިޞާދަކަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.