ސްވިމިން ޕޫލެއްގެ ތެރެއަށް ޅީދަރިޔަކު ގަންބާލައިގެން މަރާލަން އުޅުމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ ދުވަސްވީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ފްލޮރިޑާގައި ހިނގި އެ ހާދިސާގައި ހައްޔަރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބީކަންސްފީލްޑަށް ނިސްބަތްވާ މާކް ގިބަން، 62، އެވެ.
އޭނަގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ފްލޮރިޑާގެ ޑެވެންޕޯޓްގައި ހިންގަމުން އަންނަ ސޯލްޓެރާ ރިސޯޓަށް އާއިލާއާ އެކު ޗުއްޓީ އަށް ކުރި ދަތުރުގެ ތެރޭގައި ކާފަދަރިންނާ ދެމެދު ހިނގި ދެބަސްވުމަކަށް ފަހު، އެ ކުދިންގެ މަންމަ ޕޫލެއްގެ ތެރެއަށް ވައްޓާލުމަށް ފަހު، އޭނަގެ ބޯ ފެންގަނޑުގެ ތެރެއަށް ގަންބާލައިގެން ނޭވާ ހާސްކުރުވައިގެން މަރާލަން އެތައް ފަހަރަކު މަރައިލަން އުޅުމުގެ ތުހުމަތެވެ.
އެ ހާދިސާގައި 33 އަހަރުގެ އަންހެން މީހާ ސަލާމަތްކުރި އޭނަގެ ދަރިޔަކު ޕޫލަށް ފުންމާލައިގެން ކަމަށް ވެސް އަންހެން މީހާ އިނގިރޭސިވިލާތުގެ ޕޯލްކް ކައުންޓީ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން މާކް ހައްޔަރުކޮށް އޭނަގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރައިލަން ތަކުރާރުކޮށް މަސައްކަތް ކުރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ.