Last Updated: August 9, 10:53
Saturday, August 9, 2025
ޚަބަރު

ލޯންޗެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެ

ހަތަރު މީހުންނާ އެކު ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ބަޔަކު ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ލޯންޗްގައި ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވެފައިވާތީ، ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އިން އެ މީހުން ކުޅުދުއްފުއްޓަށް ގެންގޮސް ދީފައިވާ ކަމަށެވެ.

އެ މީހުންނަށް އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.

ލޯންޗް ކުމުންދޫ ކައިރިން ބަންޑުން ޖަހާލިކަމުގެ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ ހެނދުނު 08:45 ހާއިރ އެވެ.

އެ ހާދިސާގައި ކަނޑުވި އަނެއް ދެ މީހުން، ލޯންޗްގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.