Last Updated: August 9, 10:53
Saturday, August 9, 2025
ޚަބަރު

ދޯންޏެއް ބަންޑުން ޖަހާލުމުން ހާލު ދެރަވި މީހަކު މަރުވެއްޖެ

ކުޅުދުއްފުށިން ފުރައިގެން ށ. ފުނަދު އަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ކުމުންދޫ ނެރުމައްޗަށް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާއާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހުންނާ އެކު ދަތުރުކުރި ދޯނި ބަންޑުން ޖަހާލިކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 8:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.

އެ ދޯނިން ދަތުރުކުރި އެކަކު މަރުވި އިރު އަނެއް ތިން މީހުން ވެސް ތިބީ ކުޅުދުއްފުށީގަ އެވެ. އޭގެ ތެރޭގައި ހިމެނޭ 66 އަހަރުގެ މީހާ މަރުވީ ހެނދުނު 10:30 އެހާކަށް އިރު އެވެ.

ރޭ ކ. ޒަމާނީ އައިލެންޑް ކައިރިން 17 ބިދޭސީންނާ އެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލުމާ ގުޅިގެން ފުލުހުން އެ މީހުން ސަލާމަތްކޮށްފައިވެ އެވެ.