Last Updated: August 9, 10:53
Saturday, August 9, 2025
ޚަބަރު

'ގެދޮރުވެރިޔާ' ސްކީމްގެ ނަމުގައި އަނެއްކާ ވެސް ސްކޭމެއް

'ގެދޮރުވެރިޔާ' ސްކީމްގެ ނަމުގައި އަނެއްކާ ވެސް ސްކޭމް މެސެޖެއް ފޮނުވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ މެސެޖު ފޮނުވަމުން ދަނީ 'ގެދޮރުވެރިޔާ' ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭ ގޮތަށް ހުލުވާލާފައިވާ ކަމަށް ބުނެ ކަމަށެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ފޮނުވާ އެ މެސެޖުގައި ވެބްސައިޓުން އާ ފޯމު ލިބެން ހުންނާނެ ކަމަށް ބުނެ ސްކޭމް ލިންކެއް ވެސް ހިމަނާފައިވާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އެ ލިންކާ އެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

'ގެދޮރުވެރިޔާ' މަޝްރޫއުގެ ދަށުން ހައުސިން މިނިސްޓްރީން ފޮނުވާ ލިސްޓެއްގެ ދަށުން ފްލެޓްތަކުގެ އެއްބަސްވުން ހަދަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ.