Last Updated: August 9, 10:53
Saturday, August 9, 2025
ޚަބަރު

ގާނޫނުއަސާސީ އަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ގާނޫނުއަސާސީ އަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ގާނޫނުއަސާސީއަށް 17 އަހަރު ފުރޭއިރު، އެ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު ރޫޅާލާފައިވާ ކަމަށާއި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ގާނޫނުއަސާސީ ލާޒިމުކުރާކަމަކަށްވާއިރު، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ބާރު ކަނޑުވާލުން ކަމަށެވެ.

"ފަނޑިޔާރު ގޭގެ ބާރު ކަނޑުވާލައިފި. ދައުލަތުގެ މާލިއްޔަތު ހިންގުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެއްޖެ. ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހައްދަވައިފި،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމަށް ލިބޭ ފަހު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ.