މި އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ހަތަރު ވަނަ ފިލްމު "ޖޮލީ އެލްއެލްބީ 3" އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މީގެ ޓީޒާ ޓްރެއިލާ ދައްކައިލަން ހަމަޖެހިފައި ވަނީ މި މަހުގެ 12 ގަ އެވެ.
"ޖޮލީ އެލްއެލްބީ" އަކީ ޑައިރެކްޓަރު ސުބާޝް ކަޕޫރް ގެނެސްދެމުން އަންނަ ލީގަލް ޑްރާމާ ފްރައިންޗައިޒެކެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މީގެ ދެވަނަ ބައި ގެނެސްދިނީ 2017 ގަ އެވެ. އަދި ފުރަތަމަ ބައި ރިލީޒްކުރީ 2013 ގަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ފުރަތަމަ ބައިގައި އަކްޝޭ ނުހިމެނޭ ކަމެވެ.
"ޖޮލީ އެލްއެލްބީ 3" ގައި ފުރަތަމަ ބައިގެ ކާސްޓްގައި ހިމެނުނު އަރުޝަދު ވަރްސީ އާއި އަމްރިތާ ރާއޯ ވެސް ތިން ވަނަ ބައިގައި ހިމެނޭ އިރު، ތިން ފިލްމުން ވެސް ފެންނަ އެކްޓަރަކީ ސޯރަބް ޝުކްލާ އެވެ. އަދި ދެވަނަ ބައިގެ ބަތަލާގެ ރޯލު ކުޅުނު ހުމާ ގްރޭޝީ ވެސް ތިން ވަނަ ބައިގައި ހިމެނެ އެވެ.
އަކްޝޭ އެންމެ ފަހުގެ ފިލްމަކީ ޖޫން މަހު ކުރީކޮޅު ރިލީޒްކުރި ކޮމެޑީ ތުރިލާ "ހައުސްފުލް 5" އިންނެވެ. އަދި އެ މަހުގެ ފަހުކޮޅު ރިލީޒްކުރި ތެލެގޫ ފިލްމު "ކަނައްޕާ" ގައި އޭނަގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ. މި އަހަރު ރިލީޒްވި އަކްޝޭގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "ސްކައި ފޯސް" އެވެ. އޭގެ ފަހުން އެޕްރީލް މަހު އޭނަގެ ކޯޓް ޑްރާމާ "ކޭސަރީ ޗެޕްޓާ 2" ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ.