Last Updated: August 9, 11:21
Saturday, August 9, 2025
ޚަބަރު

ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްގީ ކުރަނީ

އައްޑޫ ސިޓީ ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށވެެ. މި މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް އަންނަ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން މި މަހުގެ 17 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ހަމަޔަށް އައްޑޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. ބީލަމުގައި ބައިވެރިވާން 300ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 10،000.00ރ ހުށަޙަޅަންޖެހޭއިރު، ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޑޮލަރުން ވެސް ހުށަހެޅޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

މި މަސައްކަތާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން އޮންނާނީ މި މަހުގެ 18 ވާ ހޯމަ ދުވަހުގެ 10:00 ގައި އައްޑޫ ކައުންސިލް އިދާރާގަ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށް އިއުލާނުގައިވެ އެވެ.