Last Updated: August 10, 10:05
Sunday, August 10, 2025
ޚަބަރު

ތިން ރަށެއްގެ ސިއްހީ މަރުކަޒު ހަދަން ފެނަކަ އަށް

ބ. އަތޮޅުގެ 3 ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ވަނީ ބ. ހިތާދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި މާޅޮހާއި ދޮންފަނު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.

އެގޮތުން ބ. ހިތާދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރީ 33.7 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. އަދި ބ.މާޅޮހާއި ދޮންފަނުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކާ ހަވާލުކޮށްފައިވަނީ 12.1 މިލިޔަން ރުފިޔާއަށެވެ. އެ ދެ ތަނުގެ މަސައްކަތްވެސް 545 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

މާޅޮހާއި ދޮންފަނުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެ އެވެ.

މީގެއިތުރުން ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ ޕްރޮޖެކްޓުގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.