Last Updated: August 10, 10:05
Sunday, August 10, 2025
ޚަބަރު

އުރީދު އާއި ހަބޭސް ގުޅިގެން ބޮޑުބެރު ކްލާސްތަކެއް

އުރީދޫގެ ބްރޭންޑް އެމްބެސަޑަރުންގެ ތެރޭގައި ހިމެނޭ ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، ހަބޭސްއާ ގުޅިގެން ގުޅިގެން އެ ކުންފިުނިން ބޮޑުބެރު ޖަހަން ދަސްކޮށް ދިނުމުގެ ކްލާސްތަކެއް ފަށަން ނިންމައިފި އެވެ.

އުރީދޫ ބުނީ ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އެގޮތުން ހަބޭހާ އެކު ހަތަރު ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާހެއް ކުރިއަށް ގެންދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އުރީދޫން ބުނީ މި އެކްސްކްލޫސިވް ކްލާހުގެ މަގުސަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި އަދި ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅު ބައިވެރިންތަކަކަށް ދަސްކޮށްދިނުން ކަމަށެވެ.

ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަސްތަކާ ދިމާކޮށެވެ. އެއީ މި މަހުގެ 16، 23، 30 އަދި އަންނަ މަހުގެ 6 ގަ އެވެ. ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓާސްގެ ހަތަރު ވަނަ ފަންގިފިލާގައިއި ކްލާސްތައް ކުރިއަށް ގެންސާނީ ރޭގަނަޑު އެވެ. އެއީ 8:00-11:00 އަށެވެ.

އެ ކްލާސްތަކުގައި ބައިވެރިވެވެނީ 18 އަހަރުންމަތީގެ މީހުންނަށެވެ. އަދި ފުރުސަތު ދޭން ނިންމާފައި ވަނީ 20 މީހަކަށެވެ. އެގޮތުން ހިލޭ ހިންގާ ބޮޑުބެރު ދަސްކޮށްދޭ ކުލާހަށް ބައިވެރިން ނަގާނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށް އިސްކަން ދީގެންނެވެ.

ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.