އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ހަ ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަ ށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
މި ސިމްޕޯޒިއަމް އިންތިޒާމުކުރާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ އްޖޭގެ ކަނޑުގެ ތިމާވެއްޓާއި ދިރުންތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އެބްސްޓްރެކްޓް ހުށަހެޅުމަށް އެދިފަ އެވެ.
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމަކީ ރާއްޖޭގައި މެރިން ސައިންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތްތައް އެއް ތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމެވެ.
މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކާ ގުޅުންހުރި ޢިލްމީ ދިރާސާތަކާއި، ހޯދުންތައް ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ދިނުމެވެ.
ހަވަނަ ސިމްޕޯސިއަމް އޮންނާނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ 4 އާއި 5 ގައި މާލޭގަ އެވެ.