Last Updated: August 10, 10:05
Sunday, August 10, 2025
ޚަބަރު

ހިޔާ ފްލެޓަކުން 242 ވޭޕް ފްލޭވާ ފުޅި އަތުލައިގެންފި

ގެވެށި އަނިޔާގެ މައްސަލަ އަކާ ގުޅިިގެން ހިޔާ ފްލެޓުގެ އެޕާޓްމެންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ ރޭ 21:14 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބުނު މި މައްސަލަ އާ ގުޅިގެން އެ އެޕާޓްމެންޓް ބަލާ ފާސްކުރަނިކޮށް ފެނިފައިވަނީ 242 ވޭޕް ފްލޭވާ ފުޅި ކަމަށެވެ. އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

މި މައްސަަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މަހުގެ ތެރޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ގެންގުޅުމުގެ ކުށްތަކުގައި ކުރި ޖޫރިމަނާގެ އަދަދު ވަނީ 127،000 އަށް އަރައިފަ އެވެ.