Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

ސްޓެލްކޯގެ ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ

ސްޓެލްކޯގެ ކޭބަލްއެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭގެ 21:46 ހާއިރު ފަރީދީ މަގު ގަޑިބުރު ކައިރީގައި ހުރި ސްޓެލްކޯ ސަބް ސްޓޭޝަން ތެރެއަށް ބަޔަކު ވަދެ ކޭބަލް ބުރިކޮށްލި މައްސަލަ އެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

މީގެކުރިން ވެސް މާލޭގެ އެކި ތަންތަނުން ކޭބަލް ބުރިކުރުމުގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ވަނީ ހުށައަޅާފަ އެވެ. މީގެކުރިން ހިނގި ބައެއް އެފަދަ ބައެއް ހާދިސާތަކުގައި ކަރަންޓްގައި ޖެހި ބައެއް މީހުން މަރުވެފައިވެ އެވެ.