Last Updated: August 10, 10:32
Sunday, August 10, 2025
ޚަބަރު

ފްލެޓް ލިބޭ 640 ފަރާތަކާއެކު އެއްބަސްވުން ހަދައިފި

ގެދޮރުވެރިޔާ ފްލެޓްތައް---

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުން ހަދައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައި ވަނީ 667 މީހުންނާއެކުގައި ކަމަށާއި އޭގެތެރެއިން 640 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑަ އަޅަނީ ހައުސިން މިނިސްޓްރީން ކަމަށްވާ އިރު، މިހާތަނަށް 2665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން ފޮނުވާފައިވާ ކަމަށް އެފްޑީސީން ބުނެ އެވެ.

މި 4،000 ފްލެޓުތަކުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.

މި މަޝްރޫޢުގައި 16 ޓަވަރު ހިމެނޭ އިރު އެ މަޝްރޫއުގެ 96 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.