ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އަށް އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހެޅުމަށް ނިންމައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ އޭނާގެ ފުރާނައަށް ނުވަތަ ނަފްސަށް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރަކަށް ވުމުން މި މައްސަލަ ފުލުހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ފޭސްބުކްގައި އައްބާސް އަށް އަމާޒުކޮށް ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އައްބާސް އަމިއްލައަށް ނިޒާމުގެ ތެރެއިން ގެއްލި، ގޭގައި ފިލާ އޮންނަން ނުޖެހެނީސް އަމިއްލައަށް ސައިޒަށް ތިރިވުމަށް ގޮވާލާފަ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ އަޅުގަނޑުގެ ފުރާނައަށް ނުވަތަ ނަފުސައް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރަކަށް ވުމުން މިމައްސަލަ Maldives Police Service އަށް ހުށައަޅަން އަޅުގަނޑު ނިންމައިފިން…@MahzoomMajidh @HKurusee @presidencymv @MMuizzu @AdhadhuMV @VaguthuOnline… pic.twitter.com/GvnilpB7el
— Mohamed Abbas (@Abbasvelidhoo) August 8, 2025
އައްބާސް އަށް މިފަދަ އިންޒާރެއް ދީފައިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެމްބަރަކު އެ ޕާޓީން ވަކިވާނެ ކަމަށް އައްބާސް ވިދާޅުވުމާ ގުޅިގެންނެވެ.
ނަމަވެސް އައްބާސްގެ އެ ވާހަކަތައް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ އެހެން މެމްބަރުން ވެސް ވަނީ ދޮގުކޮށްފަ އެވެ. އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ރޫޅާނުލެވޭނެ ކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.