Last Updated: August 11, 06:10
Monday, August 11, 2025
ޚަބަރު

ެއެސްޓީއޯގެ 'ބެކް ޓު ސްކޫލް' ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ އިން 'ބެކް ޓު ސްކޫލް' ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިނާމުތަކެއް ވެސް ލިބޭ މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ޕީޕަލްސް ޗޮއިސްގަ އެވެ. އެއީ އަންނަ މަހުގެ 7 އާ ހަމައަށެވެ.

އެސްޓީއޯ އިން ބުނީ 'ބެކް ޓު ސްކޫލް" ޕްރޮމޯޝަންގެ ދަށުން ސްކޫލު ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. އަދި ބޮޑެތި މީހުންނާއި ކުޑަކުދިންގެ ތެރޭގައި ވެސް މަޝްހޫރު ޑެވޮންޑޭލް ބްރޭންޑްފެ ކިރު ޕެކެޓާއި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މީގެ އިތުރުން، ކުއިކްބެރީ އާއި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓުތަކެއް ވެސް ޕްރޮމޯޝްނގެ ތެރޭގައި ހާއްސަ އަގުތަކެއް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ޕްރޮމޯޝަންގެ ދަށުން، އެ ބްރޭންޑުތަކުން 100ރ. އަށް ވުރެ ގިނައިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ.

ގުރުއަތު ނަގާނީ ޕްރޮމޯޝަން ފަހު އެވެ.

އެސްޓީއޯއިން ބުނީ ގުރުއަތުން ހޮވޭ ހާއްސަ ތިން ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި ތިން ގިފްޓް ވައުޗާ ލިބޭނެ ކަމަށެވެ. އެގޮތުން އެއްވަނައަށް 5،000ރ. ދެވަނައަށް ފަރާތަކަށް 2،500ރ. އަދި ރުފިޔާ އަދި ތިންވަނަ އަށް 1،500ރ. ގެ ވައުޗަރެއް ލިބޭނެ އެވެ.

އަދި އިންޓަވަލް ފުޅި ފަދަ ސްކޫލު ކުދިންނަށް ބޭނުންވާ މުހިންމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓުތަކެއް ވެސް ލިބިގެން ދާނެ ކަމަށާއިދެ ޕްރޮޑަކްޓެއް ވިޔަފާރިކުރުމުން އެކަތި ހިލޭ ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފެށި އިރު، އަހަރުގެ ފުރަތަމަ ޓާމްގެ ޗުއްޓީ އަށް ފަހު މާދަމާ ސްކޫލްތައް ހުޅުވޭނެ އެވެ.