Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޑްރަގްސް އެތެރެކުރި ހޮލެންޑްގެ އަންހެނަކު ހައްޔަރުކޮށްފި

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ހޮލެންޑް އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ބުރާސްފަތި ދުވަހު 15 ދުވަސް ޖަހާފައިވެ އެވެ.

ފުލުހުން އެ އަންހެން މީހާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ. މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް މަސްތުވާތަކެތި ވަޔާއި ކަނޑުމަގުން އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފައިވެ އެވެ.