Last Updated: August 11, 06:10
Monday, August 11, 2025
ޚަބަރު

ވިޔަފާރި އަށް ހިތަދޫން އިތުރު ބިންތަކެއް ދޫކުރަނީ

ހިތަދޫގެ ސަރަހައްދެއް. ފޮޓޯ/ އަލީ މޫސާ

އައްޑޫ ހިތަދޫން އަނެއްކާ ވެސް ވިޔަފާރި އަށް ބިންތަކެއް ދޫކުރަން ނިންމައި އެ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަޝިޕްތަކަށް ފުރުޞަތު ބިންތައް ދޫކުރަނީ އާންމު ވިޔަފާރިތަކާއި ކެފޭ/ރެސްޓޯރަންޓާއި ހޯލްސޭލް/ވެއާހައުސްގެ ބޭނުންތަކާއި ގާ އެޅުމުގެ މަސައްކަތުގެ އިތުރުން ހެވީ/ލައިޓް އިންޑަސްޓްރިއަލް ވިޔަފާރީގެ ބޭނުންތަކަށް ކަމަށެވެ.

ދޫކުރަން ނިންމާފައި ވަނީ 19 ބިމެކެވެ. މީގެ ތެރޭގައި ހިމެނެނީ 1،500 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 7 އާ ހަމައަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ މި މަހުގެ 21 އާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު އިން 6885003 ހޯދޭނެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ހިތަދޫން ވިޔަފާރިތަކަށް 7 ބިމެއް ދޫކުރަން ހުޅުވައިލި އެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރަން ދާދި ފަހުން ގިނަ އަދަދެއްގެ ބިންތަކެއް ދޫކުރަން ހުޅުވައިލި އެވެ.