Last Updated: August 11, 06:10
Monday, August 11, 2025
ޚަބަރު

މާލެ އާއި ހުޅުމާލޭގައި ކަރަންޓެއް ނެތް!

މުޅި މާލެ އާއި ހުޅުމާލެއިން އަނެއްކާ ވެސް ކަރަންޓު ކެނޑިއްޖެ އެވެ.

މިއަދު ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަން ސްޓެލްކޯއިން އިއުލާނުކޮށްފައި ވަނިކޮށް ހެނދުނު، 9:20 ހާއިރުން ފެށިގެން ކަރަންޓު ކެނޑެމުން ގޮސް ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި މާލެ އާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑިފައުވެ އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނދެން ދިމާވީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަަށާއި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑުނީ މިދިޔަ ޖޫން މަހުގެ 1 ގަ އެވެ. އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑި، ހިދުމަތްތަކަށް ބުރޫއަރައި، މާލެ އާއި ހުޅުމާލެ އަށް އަލުން ކަރަންޓު ދެވުނީ ފަސް ވަރަކަށް ގަޑިއިރު ފަހުންނެވެ.