Last Updated: August 11, 06:10
Monday, August 11, 2025
ޚަބަރު

ހުޅުމޭލޭގެ ފޭސް 1 އަށް އެއްކޮށް ކަރަންޓް ދީފި

ހުޅުމާލޭގެ ފުރަތަމަ ފިޔަވެއްސަށް މިހާރު އަލުން އެެއްކޮށް ކަރަންޓުގެ ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ދެވަނަ ފިޔަވަހީގެ ބައެެއް ސަރަހައްދުތަކަށް ވެސް ކަރަންޓު ދީފައިވާ އިރު، ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ވެސް މިހާރު ކަރަންޓް ދީ، ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މާލެ އާއި ހުޅުމާލެ އިން ކަރަންޓް އެއްކޮށް ކެނޑުނީ ހެނދުނު 9:30 ވާން އުޅެނިކޮށެވެ. ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.