މުޅި ހުޅުމާލެ އަށް މިހާރު ކަރަންޓް ދީފި އެވެ.
ސްޓެލްކޯ އިން ބުނީ މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ދީފައިވާ އިރު، ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށްޓަކައި ގްރޭޓަ މާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށް ދެވިގެން ދާނެ،" އެ ކުންފުނިން ބުންޏެވެ.
މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓް ދިޔައީ ހެނދުނު 9:30 އެހާކަށްހާ އިރު އެވެ. އެއީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.