Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މުލީގައި ނޭޗާ ޕާކެއް ހަދާނެ ބަޔަކު ހޯދަނީ

މ. މުލީގައި ނޭޗާ ޕާކެއް ހަދާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ނޭޗާ ޕާކް ތަރައްގީ ކުރަން ނިންމާފައި ވަނީ މުލީ ކަންޒުކަހަނބު ފެންގަޑު އޮތް ސަރައްދުގައި ކަމަށެވެ.

އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލީ އަމިއްލަ ތަކެތީގައި އެ މަސައްކަތްކޮށްދޭ ގޮތަށެވެ. އެކަމަކު ނޭޗާ ޕާކް ތަރައްގީ ކުރާނީ ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށެވެ.

މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ. ބީލަމުގައި ބައިވެރިިވާން މި މަހުގެ 14 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީ ވާނީ ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.