ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ލިބިފައި ވަނީ 29 އެޕްލިކޭޝަން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ޒަކާތު ފަންޑުން ދޭ 50 ސްކޮލަޝިޕަށް ހުޅުވާލީ މިދިޔަ އެޕްރީލް 14 ގަ އެވެ. އަދި ކުރިމަތިލާން ދިން މުއްދަތު ހަމަވީ މެއި މަހުގެ 15 އަށެވެ.
މިނިސްޓްރީން ބުނީ ސްކޮލަޝިޕްތަކަށް 29 މީހަކު ކުރިމަތިލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މަތީ ތަޢުލީމަށް ދޭ ސްކޮލަޝިޕަށް ކުރިމަތިލި 18 މީހަކާއި ހާއްސަ ސްކޮލަޝިޕްއަށް ކުރިމަތިލި 11 މީހަކު ކަމަށެވެ.
ޒަކާތު ފަންޑުން ހުޅުވާލި 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ކިޔަވަން ދޭ 20 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔަވަންދޭ 30 ފުރުސަތެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ.
ރާއްޖޭގައި ކިޔަވަން ފުރުސަތު ހުޅުވާލާފައި ވަނީ ގައުމީ ޔުނިވާސިޓީން އާއި އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.