އަލަށް ބިރުވެރި ފިލްމެއް ކުޅެން ސޮއިކޮށްފައިވާ ކަމަށް އިންޑިއާގެ ބަތަލާ ޖެނީލިއާ ޑި ސޫޒާ ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އެއީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ޑައިރެކްޓްކޮށް، މަނޯޖް ބަޖްޕާއީ ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިިލްމެއް ކަމަށެވެ.
އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުން ބުނީ ކުރިން ތަޖުރިބާ ނުކުރާ ޖޯންރާތައް ތަޖުރިބާކުރަން މިހާރު ވަރަށް ބޭނުންވާ ކަމަށާއި ބިރުވެރި ފިލްމެއްގައި އަލަށް ހިއްސާވުމަކީ ކެރިއަރަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ. އެހެންވެ އާރްޖީވީގެ ފިލްމުގެ މަސައްކަތް ކެތްމަދުވެފައި ހުރި ކަމަށް މިދިޔަ ޖޫންގައި ރިލީޒްކުރި އާމިރު ޚާންގެ "ސިތާރޭ ޒަމީން ޕަރް" ގެ ބަތަލާ ބުންޏެވެ.
ޖެނެލީއާ ހިމަނައިގެން އާރްޖީވީ ބިރުވެރި ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ކުރިން ވަރަށް ކާމިޔާބު ބިރުވެރި ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ އަޖޭ އަޖޭ ދަވްގަން އާއި އުރްމިލާ މަޓޯންޑްކަރާ އެކު ގެނެސްދިން 2003 ގެ "ބޫތު" އެވެ.
ޖެނީލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފިރިމީހާ ރިތޭޝް ޑައިރެކްޓްކޮށް ކުޅޭ ތާރީހީ ފިލްމަކާއި އިމްރާން ހާޝިމީއާ އެކު ކުޅެން ހަމަޖެހިފައިވާ ތުރިލާ "ގަންމާސްޓާ ޖީ9" ހިމެނެ އެވެ.