ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން އަންނަ އޮތް މޯލްޑިވިއަން ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ފުރުމަށް ތައްޔާރުވެފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެެވެ.
ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން މިއަދު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައުމަށްޓަކާ ސައުދީ ގަޑިން 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުރުން ލަސްވި ކަމަށެވެ.
ނަމަވެސް އެ މައްސަލަ ހައްލުކޮށް މިއަދު ސައުދީ ގަޑިން 18:30 ގައި ފުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.
"ޖުމްލަ ގޮތެއްގައި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު،" ޝަކީލް ވިދާޅުވި އެވެ.