Last Updated: July 12, 05:02
Sunday, July 12, 2026
ޚަބަރު

އެއާޕޯޓުގައި ދެ އަންހެނެއްގެ މާރާމާރީއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ އަންހެނުންގެ ދެމެދުގައި މާރާމާރީއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެއާޕޯޓުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެއާޕޯޓުގައި ދެ އަންހެނުންގެ ދެމެދުގައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އަންހެނަކު އިތުރު އަންހެނެއްގެ ބޮލުގައި ހިފައި ދަމާ މަންޒަރެވެ. އަދި އެތަނުގައި އެވަގުތު ތިބި ފިރިހެނުން އެ މީހުން ދުރުކުރަން މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.