Last Updated: July 12, 05:02
Sunday, July 12, 2026
ޚަބަރު

ޕޯސްޓްމޯޓަމަށް ފަހު މޫސަގެ ހަށިގަނޑު ގެނެސްފި

މިދިޔަ މަހުގެ ތެރޭގައި ލ. މާވަށުގައި ކަރަށް ވަޅި ހަރައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް މޫސަގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. މޫސަގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.

މޫސަ، 29، މަރާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

މޫސާ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.