Last Updated: August 12, 21:51
Tuesday, August 12, 2025
ޚަބަރު

އައްޑޫ އިން މަސް އެކްސްޕޯޓު ކުރަން ފަށަނީ

އައްޑޫ އިން ގަންނަ މަސް ހުވަދު އަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑޫއިން މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފަށަން މިފްކޯ އިން ތައްުާރުވެއްޖެ އެވެ.

މިފްކޯ އިން ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓެރަލް ޑިވަލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ގަންނަ މަހަށް ރާއްޖޭގައި ވެލިއު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ ސަރުކާރާއި މިފްކޯގެ މުހިންމު އެއް އަޒާމު ކަމަށެވެ.

އެގޮތުން އައްޑޫއިން ގަންނަ މަސް ހުވަދު އަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑޫން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށް ރޭވިފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ. އަދި އައްޑޫގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިފްކޯ އިން ވަނީ ބުނެފަ އެވެ.

މިފްކޯއިން ބުނީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ މެޝިނަރީ އަދި އެހެނިހެން އާލާތްތަކަށް މަޖުބޫރު ރިޕެއާ އެންޑް މެއިންޓެއިނަންސް ވަރަށް ބޮޑުތަނުން ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައް ކަމަށެެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ އަދި އަސާސީ މަރާމާތުތަކާއި ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކުރުމަށް މިފްކޯއިން އިސްކަންދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.