Last Updated: June 7, 10:21
Sunday, June 7, 2026
ޚަބަރު

ބާރު ސްޕީޑްގައި ދުއްވި ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހުންނަށް އަތުނުވާން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވި ކާރެއްގައި ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.

އެ ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އާއި 2 ގެ އެކި މަގުތަކުގައި ދުއްވާފއިވާ އިރު ކަމަށާއި، އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުންޏެވެ. ވައްޓައިލި ސައިކަލްގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ކާރުގައި ތިބި ފިރިހެނަކާއި އަންހެނެކެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ބަޔަކު ހައްޔަރުކުރި އިރު، މިފަހުން އެތަނުގައި ނުރައްކާތެރި ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. އަދި އެފަދަ ބައެއް ހާދިސާތަކުގައި ބައެެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.