Last Updated: August 12, 21:51
Tuesday, August 12, 2025
ޚަބަރު

އެންސިސްގެ ކޭނަރީ މިފްކޯ އަށް ގަންނަނީ

އެންސިސް ފިޝަރީޒުން ހުޅުމާލޭގައި ހިންގި ކޭނަރީ ގަންނަން މިފްކޯ އިން މަޝްވަރާ ކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ މަސް ކުންފުނިން ނެރުނު ބަޔާނެއްގައި އެންސިސްގެ ކޭނަރީ ގަތުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ވެސް މިހާރު ނިމިފައިވާ ކަމަށާއި މި ވަގުތު ކުރިއަށް ދަނީ އެކަމާ ގުޅޭ މަޝްވަރާތައް ކަމަށެވެ.

"ފަހުގެ މެޝިނަރީ އާއި އާލާތްތަކާއެކު އިންވެސްޓު ކުރުމަށް ފަހު، ދޮޅު އަހަރަށް ހުއްޓިފައި ހުރި، އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ލިބިގަތުމަށްޓަކައި ދިރާސާތައް ނިންމުމަށް ފަހު، އެންސިސްއާއެކު އަންނަނީ މަޝްވަރާ ކުރަމުން." މިފްކޯ އިން ބުންޏެވެ.

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ތަނެކެވެ. އެ އިންވެސްޓްމަންޓަކީ ޖަރުމަނު ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ހިންގި މަޝްރޫއެކެވެ. އަދި އެންސިިސް ކޭނަރަކީ އަކީ އެއީ ޔޫރަޕިއަން ޔުނިއަން އީޔޫ) އެޕްރޫވްޑް ފެކްޓަރީއެކެވެ.

އެންސިސްގެ ކޭނަރީއަކީ ދުވާލަކު ގާތްގަނޑަކަޑށް 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލް ހުރި އަދި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ހުރި ތަނެކެވެ.

އެ ކޭނަރީ އެންސިސް އިން ބަންދުކުރީ 2023 ގައި މިފްކޯ އަށް މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމާ ގުޅިގެންނެވެ.