Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މަރާލި މޫސަގެ ޖަނާޒާ މިއަދު

ލ. މާވަށުގައި މިދިޔަ މަހު މަހު މަރައިލީ މޫސާ އިބްރާހިމްގެ ޖަނާޒާ މިއަދު މެންދުރި ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.

އޭނަގެ ޖަނާޒާ މިއަދު ބާއްވަން ނިންމީ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ގެންދިއުމަށް ފަހު ރޭ ގެނައުމަށް ފަހު އެވެ. މޫސަ، 29، ގެ ޖަނާޒާ އޮންނާނީ އާސަރާގަ އެވެ.

ކަރަށް ވަޅިއަކުން ދިން ހަމަލާގައި އޭނަ މަރާލީ މިދިޔަ 28 ގަ އެވެ.

އޭނަ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.