Last Updated: August 12, 21:51
Tuesday, August 12, 2025
މުނިފޫހިފިލުވުން

'ޕާކިސްތާން އައިޑޮލް 2' ފަށަނީ

'ޕާކިސްތާން އައިޑޮލް" ބޭއްވިތާ 11 އަހަރު ފަހުން މި ޝޯގެ ދެވަނަ ސީޒަނަށް ޕާކިސްތާން ތައްޔާރުވާން ފަށައިފި އެވެ.

ޖިއޯ ޓީވީން ގެނެސް ދޭން ނިންމާފައިވާ މި ޝޯގެ އޮޑިޝަނަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

'ޕާކިސްތާން އައިޑޮލް' ސީޒަމް ދޭއްގެ ޕްރޮމޯއެއް ވެސް މިހާރު އާންމުކޮށްފައިވާ ޝޯގެ ޖަޖުންގެ ޕެނަލުން ހަތަރު ފެންނާނަކު ފެންނާނެ އެވެ. އެއީ މަޝްހޫރު ލަވަކިތުންތެރިޔާ ރާހަތު ފަތޭ އަލީ ޚާނާއި މަޝްހޫރު ފިލްމީ ތަރި އަދި މިއުޒިޝަން ފަވާދު ޚާނާއި ބިލާލް މަގްސޫގެ އިތުރުން ޒޭބާ ބަންގޭޝް އެވެ.

'ޕާކިސްތާން އައިޑޮލް 2' ގެނެސްދޭން ތައްޔާރުވަމުން ދިޔަ ނަމަވެސް ޝޯ ޕްރީމިއާ ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މީގެ ފުރަތަމަ ސީޒަން ގެނެސްދީފައި ވަނީ ޑިސެމްބަރު 6، 2013 އިން އެޕްރީލް 27، 2014 އަށެވެ. 'ޕާކިސްތާން އައިޑޮލް' ގެ ފުރަތަމަ ޓްރޮފީ އުފުލައިލުމުގެ ޝަރަފު ހޯދީ ޒަމަދު ބައިގެވެ.