މިދިޔަ މަހުގެ ތެރޭގައި އއ. މާޅޮހުގައި މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ރަށުގެ ތިން މީހެއް ބައެެއް ސަމާނު ފުލުހުން ހިފަހައްޓައިފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އިއްޔެގެ ވަގުތެއްގައި ހިފަހެއްޓި ތަކެތީގެ ތެރޭގައި ހިމެނެނީ އެ މީހުންގެ ފޯނާއި އަންނައުނެވެ. ހިމެނެ އެވެ. އަދި އެ ތިން މީހުންގެ ތެރެއިން އެކަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް ކަމަށާއި އަނެއް ދެ ދެ މީހުންނަކީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތްކުރާ ދެ މީހުން ކަމަށް ވެސް އެނގިފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ގޭގައި ނިދާފައި އޮއްވައި ބޮލުގައި އެއްޗަކުން ޖަހައި އަނިޔާވެރި ގޮތަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާން، 65، ގެ މަރާ ގުޅިގެން ފުލުހުން ކުރިން އޭނަގެ އަންހެނުންވެ ފޯނު ވެސް ހިފަހެއްޓި އެވެ. ނަމަވެސް ފޯނު ހިފަހެއްޓިތާ އެއް ދުވަސް ފަހުން އަނބުރާ ހަވާލުކޮށްފައިވެ އެވެ.
އަބްދުއްރަހްމާންގެ މަރުގެ ތަހުގީގުގެ ތެރެއިން އޭނަގެ އޮޓޮޕްސީ ހެދުމަށް ފަހު ފަހު، ވަޅުލާފައި ވަނީ މިދިޔަ މަހުގެ 24 ގަ އެވެ.