Last Updated: August 12, 21:51
Tuesday, August 12, 2025
ޚަބަރު

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް ސެޕްޓެމްބަރުގައި

އިމާރާތްކުރުމުގެ ދާއިރާ އަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ 'ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް' ގެ ތިން ވަނަ އެޑިޝަން އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މި ފޯރަމަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީ) ގެ އެންޑޯޒްމަންޓާއެކު މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ފޯރަމެކެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ފޯރަމް އޮންނާނީ އަންނަ މަހުގެ 2 ގައި ކަމަށެވެ. އެއީ މާލޭގައި ހުންނަ ހޮޓެލް ޖެންގަ އެވެ.

މިފަހަރުގެ ފޯރަމްގެ މާލީ ނަޒާހަތްތެރިކަން ގާއިމުކޮށް، ހަރުދަނާކަން އިތުރުކުރުމާއި ވޯކްފޯސް މެނޭޖްމަންޓާއި ސިޔާސަތުގެ ހުރަސްތަކާއި ކޮންސްޓްރަކްޝަން ދާއިރާގައި އަންހެނުންގެ ދައުރާއި ރިއަލް އެސްޓޭޓް އަދި ރީޓެއިލް ކޮންސްޓްރަކްޝަންގެ މާކެޓް އެޑަޕްޓޭޝަންއާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

'ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް' ބޭއްވުމުގެ ތައްޔާރީތަކުތަކުގެ ތެރެއިން މިހާރު ވަނީ ޕާޓްނަރުންނާ އެކު ސޮއިކޮށްފަ އެވެ. ޕާޓްނަރުންނަކީ އުރީދޫ، އެލައިޑް އިންޝުއަރެންސް އަދި ޕްރިންޓް ލެބް ކްރިއޭޓިވް އެވެ.