Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޒަކާތު ކޮންފަރެންސްގައި ބައިވެރިވާން ހުޅުވާލައިފި

ޒަކާތު ހައުސް އިން މި މަހު ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މަހާސިންތާ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އިސްލާމީ މަރުކަޒުގަ އެވެ.

އެހެންވެ އޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވަލައިފަ އެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ.

މިމަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވެ އެވެ.

މިއީ ޒަކާތު މަހާސިންތާ ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މަހާސިންތާ ބޭއްވީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.