Last Updated: July 12, 00:08
Saturday, July 11, 2026
ޚަބަރު

ފިއްލަދޫ މަގުތައް ހަދަން 77 މިލިއަން ރުފިޔާ

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.

މި މަޝްރޫއު ހަވާލުކުރީ ޖުމުލަ 77.1 މިލިއަން ރުފިޔާއަށެވެ. އާރްޑީސީއާ މި މަޝްރޫއު ހަވާލުކުރީ ދެ އަހަރު ދުވަހުން ނިންމާށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ފިއްލަދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ.