ފާއިތުވި 15 އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ 15 ކުންފުންޏަކަށް "ރަން ފަނަރަ" އެވޯޑު ދީފި އެވެ.
މީރާގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑު ހަވާލުކޮށްދިނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކީ:
– ބޭންކް އޮފް މޯލްޑިވްސް
– ދިރާގު
– އައި އެންޑް ޓީ މެނޭޖްމަންޓް
– އިތާފުށި އިންވެސްޓްމެންޓް
– ކާސާ ހޯލްޑިންގްސް
– ކުރެއްދޫ ހޯލްޑިންގްސް
– މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
– އުރީދޫ މޯލްޑިވްސް
– ގަތަރު އެއާވޭސް
– ރީތި ރަށް ރިސޯޓް
– ސްޓޭޓް ބޭންކް އޮފް އިންޑިއާ
– އެސްޓީއޯ
– ޓީއެމްއޭ
– ޔުނިވާސަލް އެންޓަޕްރައިސަސް
– ވިލާ ޝިޕިން އެންޑް ޓްރޭޑިން
މި އެވޯޑް ދީފައިވަނީ 1 ޖަނަވަރީ 2011 އިން 30 ޖޫން 2025 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާފައިވާ ކުންފުނިތަކަށެވެ.
މީރާއިން ބުނީ މި އެވޯޑް ދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުގެ އަގު ވަޒަންކުރުން ކަމަށެވެ.