ތުރުކީން ރާއްޖެ އަށް ހަދިޔާކުރި މަނަވަރު ކަމިޝަން ކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިހާރު ރާއްޖެ ގެނެސްފައިވާ މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަން ކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި ކުރިއަށްދާ ކަމަށެވެ.
ތުރުކީން ހަދިޔާކުރީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ. މި މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރު ލިބުމަކީ ދިވެހި ކަނޑު ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފަ އެވެ. އަދި އެ މަނަވަރު އޮޕަރޭޓު ކުރުމަށް ބޭނުންވާ ތަމްރީނު ދިވެހި ސިފައިންނަށް ދޫފައިވާ ކަމަށެވެ.